ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ދީފިނަމަ ރައްޔިތުން އިތުރު ގިނަ ތަކުލީފުތަކާ ކުރިމަތިލާންޖެހޭނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ބުނެ ކޮށްފައިވާ ޕޯސްޓެއް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، ސަރުކާރަށް މެޖޯރިޓީ ދީފިނަމަ ސަރުކާރުން ކުރާ ބޭކާރު ހަރަދުގެ ނިސްބަތް އިތުރުވެ އުފުލިގެން ދާނެކަމަށާއި މި ސަރުކާރުން ގާނޫނަށް ބޯ ނުލަނބާނެކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތުން ޓެކްސް ބޮޑުކުރާނެ ކަމަށާއި ޖުމުލަކޮށް ރައްޔިތުންގެ ފަގީރުކަން އިތުރުވާނެކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

އެއާއިއެކު ރައްޔިތުންނަށް އިތުރު ތަކުލީފު މި ސަރުކާރުން ޖައްސާނެކަމަށް ވެސް ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ ހަރަދުތަކާއި ގުޅޭގޮތުން ޖަމީލް ވާހަކަދައްކަވާފައިވާއިރު، ކުރީ ސަރުކާރުގެ ހަރަދުތަކާއި ބަލާއިރު މުސާރައަށް ކުރި ހަރަދުތައް މި ސަރުކާރުގައި ގިނަކަމުން އެކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ވަނީ ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު