އެހެން އަހަރުތަކޭވެސް އެއްފަދައިން މި އަހަރުވެސް ސައުދީ ސަރުކާރުން ހަދިޔާކުރާ ކަދުރުގެ 50 ޓަނު ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

މިކަމަށްޓަކައި މިރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ކަދުރު ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރައްވައި، ކަދުރުތަކާއި ހަވާލުވެވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ރަމަޟާން މަހާއި ގުޅުވައިގެން ސައުދީން ދޭ މި ކަދުރު އެންމެކުރިން ބަހަމުން ދިޔައީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަަށެވެ.

ނަމަވެސް މި ފަހަކަށް އައިސް ކަދުރު ބަހަނީ ފަގީރުންގެ ދަފްތަރުގައި ތިބޭ މީހުނަށެވެ.



ކިޔުންތެރިންގެ ހިޔާލު