ފަންނުތައް ކުރިއަރުވަން ފަރުުދުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޅެންވެރިންގެ ދުވަހާ ގުޅިގެން ނާއިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެ ފަންނުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ފޮނުއްވައިފަ އެވެ.
ނާއިބު ރައީސް ވިދާޅުވީ ގައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ އެފަދަ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.
ކުރިން ރާއްޖޭގައި ފުދޭވަރަކަށް ދިވެހި ޅެންވެރިން އުޅުނު ނަމަވެސް މިހާރުގެ ޒުވާނުންގެ ތެރޭގައި ދިވެހި ޅެންވެރިން މަދެވެ.
މި ސަރުކާރުން ވެރިކަމަށް އައިފަހުން ދިވެހި އަދަބިއްޔާތަށް ދޭ އަހައްމިއްޔަތުކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން ގައުމިއްޔަތާއި އަދަބިއްޔާތު ކުރިއެރުވުމަށް ޚާއްޞަ ވުޒާރާއެއްވެސް ވަނީ ގާއިމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު