ހުއްދަ ނެތި މާލޭގެ ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތަކުގައި ސްޓީކާ ޖަހަން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓިކާ ޖަހަން ފެށީ މާލޭގެ އޭ ބްލޮކް ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތަކުގައި ކަމަށެވެ.
މާޅޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ރަސް"އަށް ވިދާޅުވީ ފަޅުގައި ގަވައިދާ ހިލާފަށް އުޅަނދުތައް އަޅާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެތައް އުޅަނދެއްގައި މިހާރު ސްޓިކާ ޖެހިއްޖެ ކަަމަށެވެ.
އޭނާ ވިދާޅުވީ އެމްއެމްއޭ ކައިރީގައާއި މަސްވެރިންގެ ޕާކު ސަރަހައްދާއި އަދި ޓޯޔާޑް ސަރަހައްދުގެ ފަޅުތެރޭގައި ގަވައިދާ ހިލާފަށް އުޅަނދުތައް އަޅާފައި ހުންނަ ކަމަށެވެ.
"މަސްވެރިންގެ ޕާކު ސަރަހައްދަކީ ވެސް އާންމުކޮށް މަސްވެރިކަމަށް ނުކުންނަ އުޅަނދުތައް އަޅަން ހުންނަ ތަނެއް. އެކަމަކު އެތަނުގައި ވެސް ހަފްތާއެއްހާ ދުވަހު ވެސް ހުރެދާނެ އުޅަނދުތައް އަޅާފަ. ހާއްސަ ހުއްދަ ނަގައިގެން ނޫނީ އެތާ އުޅަނދުތައް އަޅާފަ އެގޮތަށް ނުބޭއްވޭނެ." މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފެށިއިރު މާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ގިނަ އަދަދެއްގެ އުޅަނދުތައް ފުލުހުން ދަނީ ނަގައި ޓޯ ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު