ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ ގޯއްޗާއި ފްލެޓު ވަކި މުއްދަތެއްގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އަންނަ ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސެއިންގެ ކެމްޕެއިން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދޫކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މާލޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފުލެޓް ދޫކުރުން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފުލެޓް ހަވާލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެެވެ.
" އެ ގޯތި ތަކާއި ފުލެޓްތަށް ހަވާލުނުކުރެވެންވީ ހަމަ އެއްވެސް ސަބަބެއް އޮވެގެނެއް ނުވާނެ ގާނޫނީ ގޮތުން، އެ ހިފަހައްޓާ ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް އެކަން ހަމަމަގަށް އަޅުވަން އެބަޖެހޭ، އެކަން ހައްލު ކުރަންވެގެން އަޅުގަނޑުމެން މިއުޅެނީ،" މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ކަށަވަރުކުރަން އަންނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ހޯދައިދެއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ އެމްޑީޕީ އަށް ރަައްޔިތުން ހޯދައިދީފިނަމަ ވަކި މުއްދަތެއްގެ ތެރޭގައި ގޯއްޗާއި ފުލެޓް ހަވާލުކުރަން ސަރުކާރަށް ލާޒިމްކުރާނެ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންގެ ގޯއްޗާއި ފުލެޓް ހިފަހައްޓައިގެން މި ސަރުކާރަށް ނުހުރެވޭނެ ކަމަށާއި ގޯއްޗާއި ފުލެޓް ލިސްޓު ވެސް ބަދަލު ނުކުރެވޭނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.
" ބޭނުންގޮތަކަށް އެ ލިސްޓެއް ބަދަލެއް ނުކުރެވޭނެ، އެޖާގަ އެއް އަޅުގަނޑުމެން ނުދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކަމަށާއި ބައެއް މިނިސްޓްރީތަކުގައި އެ ފަދަ ބޭފުޅުން ޑިއުޓީ ބަހައިގެން ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ކޮރިޑޯތަކުގައި ވެސް ތިބެންޖެހިފައިވާ ކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އަންދާޒާ މިހާރު ކުރެވޭގޮތުގައި އެބޭފުޅުން ( ސަރުކާރުން) މައުލޫމާތު ދެއްވީމަ އެނގޭނީ، 1500 އަށްވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި އެހެންނަމަކަ މަހެއްގެ މައްޗަކަށް 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ޚަރަދަކަށް މުސާރަ އަކަށް ހަރަދު ކުރާކަށް ނުޖެހޭނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކާއި، ކުރަމުން އަންނަ އަމަލުތަކާ މުޅިން ތަފާތުކަމަށް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ޚަރަދުތަކުގައި ގިނައީ އިސްރާފުކަމަށް ޞާލިހު ވިދާޅުވިއެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު ކަމަށް ސޯލިހް ވިދާޅުވިއެވެ.

ރައީސް @ibusolih ބައިވެރިވެވަޑައިގެން، މަޖިލިސް20 މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ މިޕާޓީގެ ކެންޑިޑޭޓް @ifhamhގެ ކެންޕެއިން ހަރަކާތް ފެށިގެން ކުރިއަށްދަނީ. މި ހަރަކާތުގައި މިޕާޓީގެ ރަަައީސް @abdulla_shahid ބައިވެރިވެ ވަޑައިގަންނަވާ.
— MDP Secretariat (@MDPSecretariat) March 20, 2024
މިސްރާބު ހަމަ މަގަށް އެޅުވުމަށް… pic.twitter.com/yRT8o49AST
" އެ ގޯތި ތަކާއި ފުލެޓްތަށް ހަވާލުނުކުރެވެންވީ ހަމަ އެއްވެސް ސަބަބެއް އޮވެގެނެއް ނުވާނެ ގާނޫނީ ގޮތުން، އެ ހިފަހައްޓާ ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް އެކަން ހަމަމަގަށް އަޅުވަން އެބަޖެހޭ، އެކަން ހައްލު ކުރަންވެގެން އަޅުގަނޑުމެން މިއުޅެނީ،" މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ކަށަވަރުކުރަން އަންނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ހޯދައިދެއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ އެމްޑީޕީ އަށް ރަައްޔިތުން ހޯދައިދީފިނަމަ ވަކި މުއްދަތެއްގެ ތެރޭގައި ގޯއްޗާއި ފުލެޓް ހަވާލުކުރަން ސަރުކާރަށް ލާޒިމްކުރާނެ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންގެ ގޯއްޗާއި ފުލެޓް ހިފަހައްޓައިގެން މި ސަރުކާރަށް ނުހުރެވޭނެ ކަމަށާއި ގޯއްޗާއި ފުލެޓް ލިސްޓު ވެސް ބަދަލު ނުކުރެވޭނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.
" ބޭނުންގޮތަކަށް އެ ލިސްޓެއް ބަދަލެއް ނުކުރެވޭނެ، އެޖާގަ އެއް އަޅުގަނޑުމެން ނުދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކަމަށާއި ބައެއް މިނިސްޓްރީތަކުގައި އެ ފަދަ ބޭފުޅުން ޑިއުޓީ ބަހައިގެން ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ކޮރިޑޯތަކުގައި ވެސް ތިބެންޖެހިފައިވާ ކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އަންދާޒާ މިހާރު ކުރެވޭގޮތުގައި އެބޭފުޅުން ( ސަރުކާރުން) މައުލޫމާތު ދެއްވީމަ އެނގޭނީ، 1500 އަށްވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި އެހެންނަމަކަ މަހެއްގެ މައްޗަކަށް 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ޚަރަދަކަށް މުސާރަ އަކަށް ހަރަދު ކުރާކަށް ނުޖެހޭނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކާއި، ކުރަމުން އަންނަ އަމަލުތަކާ މުޅިން ތަފާތުކަމަށް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ޚަރަދުތަކުގައި ގިނައީ އިސްރާފުކަމަށް ޞާލިހު ވިދާޅުވިއެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު ކަމަށް ސޯލިހް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު