ފާތިމަތު ނަޒީފާ އަޙްމަދު   12 މާރިޗު 2024 - 18:18
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ ސީން ރިޕޯޓް ނުކޮށް ދިޔަ ބަޔަކު ހޯދަން ފުލުުހުން ވީޑިއޯ އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ، ވީޑިއޯ އިން ފެންނަ މީހުންނަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން ހޯދަމުންދާ ބައެއް ކަަމަށެވެ. އަދި އެމީހުންނަކީ، އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، ކޮންބައެއްކަން ދެނެގަނެވިފައިނުވާ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު