އީދު ނަމާދު ފަށާ ވަގުތު އަވަަސްކުރަން މިހާތަނަށް މަޝްވަރާކުރި ހުރިހާ އިލްމްވެެރިންނަށް އިއްތިފާގުވެވޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ފަލަކީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ އީދު ނަމާދު ކުރާ ވަގުތު ހެނދުނު 7:00 އަށް އަވަސް ކުުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން އީދު ނަމާދު ކުރާ ގަޑިއަށް ބަދަލު ގެނައުމަށް މަޝްވަރާ ފަށާފައިވާއިރު އެކަމާ ގުޅޭ ގޮތުން ނިންމާ ނިންމުން ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ އެކަމުގައި ފަލަކީ ކޮމެޓީގެ ރައުޔު ވެސް މިހާރު ހޯއްދަވާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމްގެ މަޝްވަރާ ވެސް ހޯއްދަވާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އެ މަޝްވަރާތަކުގައި ހުރިހާ ފަރާތްތަކުން ވެސް އީދު ނަމާދު ކުރަން ފަށާ ވަގުތު އަވަސްކުރުމަށް ހިޔާލު ދެއްވި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ ފަހަކަށް އައިސް މާލެ އާއި ގިނަ ރަށްރަށުގައި ވެސް ހުސް މައިދާންތަކުގައި އީދު ނަމާދު ކުރާތީ އީދު ނަމާދު ގަޑި އަވަސް ކުރުމާމެދު ގޮތެއް ނިންމުން މުހިންމު ކަން ފާހަގަކުރަށްވާފައެވެ.
ރާއްޖޭގައި އީދު ނަމާދު ކުރަން ފަށަނީ ހެނދުނު 7:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު