ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މާދަމާ ހެނދުނާއި މެންދުރުފަހު މާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ހެންވޭރު އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ހެނދުނާއި މެންދުރުފަހު ދެގަޑިއިރަށް ކަމަށެވެ.

އެގޮތުން ހެންވޭރުގެ ސޯސަން މަގާއި، ދޫހިމެރިމަގު، މަޖީދީމަގު އަދި ކާސިންޖީމަގު ހިމެނޭ ސަރަހައްދުން 10 މާރޗް 2024 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



މީގެ އިތުރުން، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ ގަލޮޅުގެ މަޖީދީމަގާއި، ދަނބުރުއްމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން 10 މާރޗް 2024 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ މެންދުރު 14:00 އިން 17:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު