ދޮންއަދަރާދަ ހިނގުމުން ބަންދުކޮށްފައިވާ ބައި އާންމުންނަށް ހުޅުވާލައިފިއެވެ.
ދޮންއަދަރާދަ ހިނގުމުން ބަންދުކޮށްފައިވާ ބައި އާންމުންނަށް ހުޅުވާލީ މިރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދޮންއަދަރާދަ ހިނގުމުން ބައެއް ފުރަތަމަ ބަންދުކުރީ ސްޓެލްކޯއިން އެސަރަހައްދުގައި އިންޖީނުގެއެއް އެޅުމަށެވެ. ސްޓެލްކޯއިން މި އިންޖީނުގެ ގާއިމުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައެވެ. ސްޓެލްކޯއިން ބުނީ މި އިންޖީނުގެ ގާއިމު ކުރީ އެކުންފުނީގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެމަގަށް ވާގޮތަށް ކަމަށެވެ.

ނަމަވެސް ދޮންއަދަރާދަ ހިނގުން ބަންދުކޮށްފައި އޮތުމާއެކު އާންމުންނަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކާއި، ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފެށީ ސްޓެލްކޯގެ އަތޮޅުތެރޭ މުވައްޒަފުން ހިމެނޭހެން ވަރުގަދަ ޓީމަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރ 17 ގައެވެ.
ދޮންއަދަރާދަ ހިނގުން ރަސްމީކޮށް މިރޭ ހުޅުއްވާދެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ދޮންއަދަރާދަ މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކަމަށާއި، ރައްޔިތުންގެ ވިންދާއި އެއްގޮތައް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ ޝުކުރު ދަންނަވާކަމަށެވެ. އަދި މި މަގު ހުޅުވާލުމާއިއެކު، އެކަމުގެ ލުއި ފަސޭހަތައް މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވަނީ، ސަރުކާރުން ބަދަލުތަކެއްބޭނުން ވެގެން ކުރަމުންގެންދާ އަވަސް މަސައްކަތްތަކުގައި އެންމެ ފުރިހަމަގޮތެއްގައި އެ މަސައްކަތް ކުރަމުންގެންދަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކަމަށް ވިދާޅުވެފައެވެ،

ކިޔުންތެރިންގެ ހިޔާލު