ކާރިސާތައް މެނޭޖު ކުރުމާ ގުޅޭ ގޮތުން ރާއްޖޭގެ ނެޝެނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިރާނާއެކު މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ބޭޢްވީ އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން އިރާނަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ ދަތުރުފުޅުގައި ހިސާން ވަނީ އިރާނުގެ ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޯގަނައިޒޭޝަން (އެންޑީއެމްއޯ)ގެ ވެރިޔާ ޑރ. މުހައްމަދު ހަސަން ނަމީއާ ބައްދަލު ކުރައްވައިފަ އެވެ.
އަދި ކާރިސާތައް މެނޭޖުކުރުމުގައި ދެ ގައުމުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ވަނީ ކޮށްފަ އެވެ.
ރާއްޖެއާއި އިރާނަކީ ސިޔާސީ ގޮތުން މާބޮޑު ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ. އަދިި އެ ދެ ގައުމުގެ ބޭފުޅުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށެއް އާންމުކޮށް ނަހައްދަވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ސައުދީ އަރަބިއްޔާގެ ނުފޫޒާ ހުރެ އިރާނާ ގުޅުން ވެސް ކަނޑާލައިފަ އެވެ. ނަމަވެސް ނިމިގެން ދިޔަ ސަރުކާރު ނިމެން އުޅެނިކޮށް ވަނީ އިރާނާ އަލުން ގުޅުން ގާއިމްކޮށްފަ އެވެ.
އިރާނަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު