ދަ ޑިމޮކްރެޓްސް އާއިއެކު ސިޔާސީ މަސައްކަތް ކުރެވިދާނެކަމަށް ނުފެންނަކަމަށް ބުނެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ޑިމޮކްރެޓްސްއާއި ދުރަށްދާން ނިންމައިފިއެވެ.
އެކަން ހާމަކޮށް ލޫކަލް މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސިޔާސީ ގޮތުން މި ވަގުތު ދަ ޑިމޮކްރެޓްސް ގެ ސިޔާސީ މަސައްކަތާއެކު ކުރިއަށް ދެވޭނެ ކަމަށް ނުފެންނަ ކަމަށާއި އެހެންކަމުން ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ލޫކަސްއަކީ އޭނާގެ ސިޔާސީ ހަޔާތުގައި އެމްޑީޕީގައި ގިނަ ދުވަސްތަކެއް ހޭދަކުރި ފަރާތެކެވެ. ނަމަވެސް، އަބަދުވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަފާތެރި ލޫކަސްވަނީ އެ ޕާޓީ ދޫކޮށް ރައީސް މުޙައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާއި ގުޅިފައެވެ. އަދި މި ފަހަކާޖެހެންދެން ވެސް ޑިމޮކްރެޓްސްގެ ކަންކަމުގައި އިސްކޮށް އުޅެފައިވެއެވެ.
ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލޫކަސް ފާހަގަ ކުރެވިފައިވަނީ ވަރަށް ބޮޑަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް އެމަނިކުފާނު ޕްރޮމޯޓް ކުރާ މީހެއްގެ ގޮތުގައެވެ. އެކަން ފާހަގަވެ ގިނަބަޔަކުވަނީ ލޫކަސްއަށް މި ސަރުކާރުން މަތީ މަގާމެއް ދީފައިވާކަމުގެ ތުހުމަތު ކޮށްފައެވެ.
ސަރުކާރުން އެކަން ދޮގުކޮށްފައި ވެސް މިހާތަނަށް ނުވާއިރު އެކަމުގައި ރަސްމީބަހެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ލޫކަސްއަކީ ދިވެހި ތާރީހާއި ސަގާފަތަށް އަހުލުވެރި ފަރިތަ މީހެކެވެ. އަދި މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމެއް އަދާވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު