ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނަގަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ އެކްސް އެކައުންޓުން ބުނީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އެއާއެކު މަގުތައް ތަރުތީބުކޮށް ބޭއްވުމުގައި އެންމެންގެ އެއްބާރުލުން މުހިންމު ކަމަށް ވެސް ފުލުހުންގެ އިދާރާއިން ފާހަގަ ކުރި އެވެ.
"ގަވާއިދާ ހިލާފަށް ޕާކު ނުކުރަމާތޯ!" ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.
މާލޭގައި ޕާކިންގެ މައްސަަަލަ ވަރަށް ބޮޑެވެ. ހާއްސަކޮށް އެތަން މިތަނުގައި ޕާކު ކުރުމަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.
އެ މައްސަލަ ހައްލުކުރަން ޕާކު ކުރުމަށް ހާއްސަ ހަތަރު އިމާރާތެއް އަޅަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ޕާކިންގެ އިތުރުން މާލޭގައި ބޭނުން ނުކޮށް ޕާކުކޮށްފައި ހުންނަ ބާ އުޅަނދުގެ މައްސަލަވެސް ބޮޑެވެ. އެފަދަ 100 އަށް ވުރެ ގިނަ އުޅަނދު މަގުތަކުން ދާދި ފަހުން ވަނީ ނަގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު