ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރި ފުރަތަމަ ދާއިމީ މިސްކިތް ހުކުރު ދުވަހު ހުޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްއެއްގައި ވަނީ އެ މިސްކިތް ހުކުރު ދުވަހު ހުޅުވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ 1500 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތަކަށްވާނެ ކަމަށެވެ.
އެ މިސްކިތާއެކު ރޯދަ މަހަށް ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ މިސްކިތަކީ ރާއްޖޭގެ މަޝްހޫރު މުނި ހޯމް ކެއާއިން އަޅާ މިސްކިތެކެވެ.
ހުޅުމާލޭގެ ފޭސް ދޭއްގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އެސްޖޭ ކޮންސްޓްރަކްޝަނުން ވެސް ދަނީ އަޅަމުން ނެވެ.
މިހާރު ފޭސް ދޭއްގައި މުޅިން ވެސް ހުންނަނީ ވަގުތީ މިސްކިތްތަކެވެ.
ފޭސް ދޭއްގެ އާބާދީ މިހާރު ވަނީ ބައި ލައްކައަށް ވުރެ އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު