ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރުނުވާތީ ޖަލްސާތައް ނުބޭއްވި ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ދޫކޮށްލުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިފަހަކަށް އައިސް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާތައް ބޭއްވެމުން ނުދާއިރު ކޯރަމް ހަމަ ނުވެ މިއަދުގެ ޖަލްސާ ވެސް ވަނީ ނުބޭއްވިފައެވެ.
މިއަދުގެ ޖަލްސާއަށް އެންމެ 11 މެމްބަރުން ހާޒިރުވެވަޑައިގެންނެވި އިރު މަޖިލިސް ރައީސް މުހައްމަދު އަސްލަމް އަދި ނާއިބު ރައީސް އަހުމަދު ސަލީމު ވެސް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.
އެހެންވެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
ޖަލްސާގެ ކޯރަމް ހަމަވޭތޯ 09:30 ވަންދެން ޣަފޫރު މަޑުވެސް ކުރެއްވި އެވެ. ނަމަވެސް އެވަރުން ވެސް ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ.
އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ޣަފޫރު ވިދާޅުވެ ޖަލްސާ ނިންމާލެއްވި އެވެ.
އެކަމާ ގުޅޭ ގޮތުން އީވާ މިއަދު އެކްސްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމާ ދައުލަތުގެ ކަންކަމަށް ފާރަވެރި ވުމަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު ޒިންމާއާ ބާރު ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހާޒިރު ނުވެ، ޖަލްސާތައް ނުބޭއްވުމަކީ، ސަރުކާރުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރާން ދޫކޮށްލުން." އީވާ ވިދާޅުވި އެެވެ.

ކިޔުންތެރިންގެ ހިޔާލު