މިނިސްޓްރީތަކާއި ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ކަނޑައަޅާ ގޮތައް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ބުނީ އެ ބިލުގެ މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މަސައްކަތްތަކުގެ ދާއިރާތަކާއި އަދި އެ ވުޒާރާގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުން ކަމަށެވެ.
އެގޮތުން ސަރުކާރުން ވުޒާރާތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މަޖިލީހުން ފާސްކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ ސަރުކާރުގެ ވުޒާރާތަކާއި މަސައްކަތްތަކުގެ ދާއިރާތައް ކަނޑައެޅިފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ސަރުކާރުގެ ވުޒާރާތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ވުޒާރާތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.
މި ސަރުކާރުން 22 މިނިސްޓްރީއެއް ދަނީ ހިިންގަމުން ނެވެ. އަދި މިފަހުން އައި ހުރިހާ ސަރުކާރު ތަކެއްގައި ވެސް ސިޔާސީ މަގާމުތައް ގިނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު