ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންއަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއެކު އެ ޕާޓީގެ ޓީމެއް ފުވައްމުލަކު ސިޓީއަށް ފުރައިފި އެވެ.
އެ ޓީމްގައި ޝާހިދާއެކު ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ ނަޒްރާ ނަސީމް ހިމެނެ އެވެ. އޭނާ ވާދަ ކުރައްވަނީ ފުވައްމުލަކު ދެކުނު ދާއިރާ އަށެވެ.
ނަޒިރާގެ އިތުރުން މިހާރުވެސް ފުވައްމުލަކު މެދު ދާއިރާ ތަމްސީލު ކުރައްވާ ހުސެއިން މުހައްމަދު ދީދީ ވެސް އެ ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިހާރު މަޖިލީހުގައި ފުވައްމުލަކުގެ ތިން މެމްބަރުން ތިއްބަވަ އެވެ. އެއީ ފުވައްމުލު އުތުރު ދާއިރާއާއި ދެކުނު ދާއިރާގެ އިތުރުން މެދު ދާއިރާ އެވެ.
އެ ތިން ގޮނޑިވެސް މިހާރު ތަމްސީލު ކުރައްވަމުން ދަނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ނެވެ.
މިހާރުގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު ދާދި ފަހަކާ ޖެހެންދެން ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގަ އެވެ.
ނަމަވެސް އެމްޑީޕީ ދެބައިވެ ބައެއް މެމްބަރުން ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންނެވި އިރު ސަރުކާރު ބަދަލުވި ފަހުން ބައެއް މެމްބަރުން ވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
އެހެންވެ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި މިހާރަކު ނޯވެއެވެ. ނަމަވެސް އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު