ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގަޑިއަށް ފެށޭ ގޮތެއް ނުވި އެވެ.
އާންމުކޮށް އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުގެ ޖަލްސާ ފަށަން ތާވަލުކޮށްފައި އޮތީ ހެނދުނު ނުވައެއް ޖަހާއިރު އެވެ.
ނަމަވެސް އެ ގަޑިއަށް ޖަލްސާ ފެށޭ ގޮތެއް ނުވި އެވެ.
މިއަދުގެ ޖަލްސާއަށް ރައީސް މުހައްމަދު އަސްލަމް އަދި ނާއިބު ރައީސް އަހުމަދު ސަލީމު ވެސް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.
އެހެންވެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
އެންމެ 11 މެމްބަރުން މިއަދު ޖަލްސާއަށް ހާޒިރުވެ ވަޑައިގަން އިރު ކޯރަމް ހަމަވޭތޯ 09:30 ވަންދެން ޣަފޫރު މަޑުވެސް ކުރެއްވި އެވެ. ނަމަވެސް އެވަރުން ވެސް ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ.
އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ޣަފޫރު ވިދާޅުވެ ޖަލްސާ ނިންމާލެއްވި އެވެ.
މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުންނާ އެކުއެވެ.
މިއަދަށް މަޖިލީހަށް ޖަލްސާއެއް ތާވަލުކުރި އިރު މި ފަހަކަށް އައިސް ގަވައިދުން ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާތައް ނުބާއްވަ އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ މަހުގެ 28 ވަނަ ދުުވަހު އެވެ.
ޖަލްސާތައް ގަަވައިދުން ނުބާއްވާތީ ބައެއް މެމްބަރުން ދަނީ ފާޑު ވިދާޅުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު