ރާއްޖޭގެ ރައްޔިތުން ތިބީ ގައުމުގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް އަތުކުރި އޮޅާލައިގެން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ބައެއް ދާއިރާތަކުގެ ކެމްޕޭނަށް މިއަދު ނުކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރަށްވައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކޮންމެ ދިމާލަކުން ވެސް އިވެނީ މިސްރާބު ހަމަ މަގަށް އަޅުވަންޖެހޭ އަޑުތައް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އިވެމުން ދަނީ އެންމެ އަޑެއް ކަމަށާއި އެއީ ގޯހެއް ހެދިއްޖެ ކަމާއި މިސްރާބު ހަމަ މަގަށް އަޅުވަން ވެއްޖެ ކަމުގެ އަޑުތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކަނޑައަޅާފައިވަނީ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް 21 ވާ އާދިއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު