ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހީން އަމިއްލައަށް ބަލަހައްޓަން ފެށުމުން ގައުމުގެ މުސްތަގިއްލުކަން އިހުސާސްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއިއެކު ބ. ތުޅާދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި އާދަމް ޝަރީފްވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލްގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ހާއްސަ ގޮތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރާއްޖޭން އަމިއްލައަށް ބެލެހެއްޓުމުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާއި ހިލާފަށް ބޭރުގެ ބޯޓެއް ވަދެއްޖެނަމަ އެކަން އެމްއެންޑީއެފަށް އަންގައިދެނީ ދިވެހި މަސްވެރި އުޅަނދުތަކުން ކަމަށެވެ.
"ރާއްޖޭގެ ކަނޑަށް ގަވާއިދާއި ޚިލާފަށް މަސް ދޯންޏެއް އެރުމުން އެކަން އެމްއެންޑީއެފަށް އަންގަނީ މަސްވެރިން. އެކަށީގެންވާ ގޮތެއްގައި ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭ. ނަމަވެސް ރައީސް މިހާރު އެވަނީ 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް މިމަހު ޤާއިމްކުރައްވާނެ ކަމަށް ވިދާޅުވެފައި. މިއާއެކު ދިވެހިންގެ މުސްތަގިއްލުކަން އިޙުސާސްވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ކަނޑުގެ ސަރަހައްދު ދިވެހީން ބަލަހައްޓަން ފެށުމުން ގައުމުގެ މުސްތަގިއްލުކަން އިހުސާސް ވެގެންދާނެކަމަށެވެ. އަދި ވަކި ގައުމަކަށް ބަރޯސާވެފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު