ރޯދަ މަހު ކެފޭ ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ތަންތަން ހުޅުވައި، ހިދުމަތް ދެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އިކޮންމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މުދާ ވިއްކާ ތަންތަނުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދެވޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ. އަދި ކެފޭ ރެސްޓޯރެންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ރޯދަ މަހު ހިދުމަތް ދެވޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމުން އަލިވެ 3:00 އަށް ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުނެއެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެފަދަ ތަންތަނުން ހިދުމަތް ދެވޭނީ ފަތިހު 4:30 އިން މެންދަމުން އަލިވެ 3:00 އަށް ކަމަށް އިކޮންމިކް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައިވެއެެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކަނޑައެޅި ވަގުތުތަކަށް އިސްކަންދީގެން އެގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް އަންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު