ލިޔެލާޖެހި ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރަން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިއްޖެއެވެ.
ތުޅާދޫ ކައުންސިލުން މިފަދައިން އެދިފައި ވަނީ، އެ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ ބ. ތުޅާދޫ ކައުންސިލުގެ އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރިި ކަންކަމުގެ ތެރޭގައި އާރުޓީއެލް ފެރީގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާކަމަށާއި ކުނިކޮށި އަޕްގްރޭޑްކުރުމާއި ގެދޮރު އިމާރާތްކުރަން ލުއިލޯނު ތަޢާރަފްކުރުމުގެ މުހިންމުކަމާއި ތުޅާދޫއަށް އިޤުތިޞާދީ ފައިދާ ހޯދޭގޮތަށް އެ އަތޮޅު ފަޅުރަށެއް ކަމުގައިވާ އެނބޫދޫ ލިބޭނެ ގޮތް ހަމަޖެއްސެވުމަށް ވެސް އެދުނެވެ.
މީގެ އިތުރުން ކައުންސިލުން ޚާއްޞަގޮތެއްގައި ވަނީ އެރަށަކީ ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަމުންގެންދާ ރަށެއްކަމުގައިވާތީ ދިވެހިންގެ އެ މަސައްކަތް ދިރުވާއާލާކުރުމުގެ ގޮތުން ލިޔެލާޖެހި ތަކެތި ބޭރުން ރާއްޖެއަށް އެތެރެކުރުން މަނާކޮށްދެއްވުމަށް އެދިފައެވެ.
މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު