ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދިނުމަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ދަންނަވައިފިއެވެ.
އެ ކޮމިޓީން މިފަދައިން ރައީސަށް ދަންނަވާފައި ވަނީ، އެރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލު ކުރައްވައި، ރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އައު މިސްކިތެއްގެ މުހިންމުކަން ހިމެނެއެވެ.
ކުޑަރިކިލު އަންހެނުންގެ ކޮމިޓީން ވަނީ ޖަލްސާކުރާ މާލަމެއްގެ އިތުރުން އެކޮމިޓީގެ ބޭނުންތަކަށް ވަކި ޚާއްސަ ތަނެއް ހުރުމުގެ މުހިންމުކަމާއި ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދިނުންފަދަ ކަންތައްތައް ފާހަގަ ކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްތަކަށް ތަރައްޤީ ގެނަސްދެއްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެންކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލާ އ.ތ.މ. ކޮމެޓީއިން އެދިވަޑައިގަތް ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު