ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގިޔަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ނެރުނު ބަޔާން ބާތިލު ކުރަން ނުޖެހޭ ކަމަށް ނ. ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.
ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ކެމްޕޭން ހަރަކާތް ހިންގާފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށްބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ ހޮނިހިރު ދުވަހުއެވެ.
އެކަމާ ގުޅިގެން އެރަށު ކައުންސިލުން އޭރު އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ރައީސް އެރަށަށް ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
"ކައުންސިލަށް އެ ހަފްލާ ސިފަވެގެން ދިޔައީ، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގަ." އެ ނޫސްބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ނޫސްބަޔާނުގައި ކެނދިކުޅުދޫ ކައުންސިލުން ބުނީ، އިންތިހާބަށް ކެމްޕޭން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެ ކައުންސިލުން ވަނީ އެންމެހާ ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
އެކަމާ ގުޅިގެން އެލްޖީއޭއިން ވަނީ، އެ ނޫސްބަޔާން އަނބުރާ ގެންދިއުމަށް ކެނދިކުޅުދޫ ކައުންސިލަށް އަންގާފައެވެ.
ނަމަވެސް މިއަދު އެ ކައުންސިލުން އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ބާރު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހުސެއް ކަމަށެވެ.
ވޯޓުގައި ބައިބެރިވި ހުރިހާ ކައުންސިލަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން އާއްމުކުރި އެ ނޫސް ބަޔާނުގައި އިތުރަށް ބުނީ، މީގެ ކުރިން އެ ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް އެލްޖީއޭއަށް ދެއްކިފައި ނެތް ކަމަށެވެ.
އެހެންކަމުން އެ ނޫސްބަޔާން ބާތިލު ނުކުރަން ނިންމާފައިވާ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު