މި ސަރުކާރުން ވެރިކަމަށް އައި އިރު، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން އޮތީ "ރޭޕް ކޮށްފައި" ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުޢާޒް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އަރިހުގައި ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުޢާޒް ވިދާޅުވީ، މި ސަރުކާރުން ފެނަކައާ ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏާ އެކުގައި ކަމަށެވެ. އަދި ކޮންމެ މަހަކު ހަމައެކަނި މުސާރައަށް 86 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށް މުޢާޒް ވިދާޅުވިއެވެ.
ފެނަކައާ ހަވާލުވި އިރު އެ ކުންފުނީގައި 8000 މުވައްޒަފުން ތިބިކަން ފާހަގަ ކުރައްވައި މުޢާޒް ވިދާޅުވީ، ހަގީގަތުގައިވެސް ކުންފުނި އޭރު އޮތީ ބަނގުރޫޓުވެފައި ކަމަށެވެ.
ސަބަބަކަށް މުޢާޒް ވިދާޅުވީ، އާމްދަނީގެ ބޮޑުބައެއް މުވައްޒަފުންގެ މުސާރައަށް ހޭދަ ކުރަން ޖެހުމެވެ.
އެގޮތުން އެ ކޯޕަރޭޝަންގެ އާމްދަނީ އަކީ މަހަކު ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ކަމަށް މުޢާޒް ވިދާޅުވިއެވެ. އޭގެ ތެރެއިން 86 މިލިއަން ރުފިޔާ މުސާރައަށް ހޭދަ ކުރާއިރު، ކުންފުނީގެ އޮޕަރޭޝަން ތަކަށްވެސް ފައިސާ ބޭނުން ވާނެ ކަމަށް މުއާޒް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މުއާޒް ވިދާޅުވީ، ފެނަކައިގެ ނަން އިވުމުންވެސް އާއްމުންގެ ހިތަށް ވެރިވާނީ ކޮރަޕްޝަން ކަމަށެވެ. އަދި އެ ކުންފުނީގެ މުއައްޒަފުންނަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތި އުޅޭ ބައެއްގެ ގޮތުގައި އާއްމުން ފާހަގަ ކުރާ ކަމަށް މުއާޒް ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން މި ހާލަތު ބަދަލު ކުރާނެ ކަމަށާއި، އެކަމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު