ބުލީ ކުރާނަމަ އެހީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ނުދޭނެކަމަށް ބުނެ އިންޑިއާއިން ރާއްޖެއަށް ނުސީދާ ރައްދެއް ދީފިއެވެ.
ފޮތެއް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ސަރަހައްދުގައި އިންޑިއާގެ ރޯލާ ގުޅޭ ގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ވާހަކަ އަމާޒު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
އެގޮތުން އިންޑިއާއަކީ ބުލީ ކުރާ ގައުމެއް ނަމަ އަވައްޓެރި ގައުމެއް ހާލުގައި ޖެހިފައި އޮއްވާ 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ ބުލީ ކުރާ ބޮޑެތި ގައުމުތަކުން ވެސް ކޮވިޑްގެ ވެކްސިން ވެސް ފޯރުކޮށްނުދޭނެ ކަމަށާއި ހަމަ އެހެންމެ ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމުގައި ވެސް ހާއްސަ އުސޫލެއްގެ ތެރެއިން ގައުމުތަކަށް އެގޮތަށް ކާނާވެސް ސަޕްލައި ނުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އިންޑިއާއިން އެ ވާހަކަތައް އަމާޒުކުރީ ރާއްޖެ އަށެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ގޯސްވެފައިވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިދިޔަ ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅަށް ފަހު އެމަނިކުފާނު ވަނީ ރާއްޖެ ކުޑަވުމަކީ ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް ވިދާޅުވެ އިންޑިއާއަށް ނުސީދާ ރައްދެއް ދެއްވައިފަ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އިންޑިއާއިން ވަނީ ރާއްޖެއަށް އެތައް ބިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ. އޭގެ އިތުރުން ކޮވިޑް ވެކްސިން ވެސް ފޯރުކޮށްދިނެވެ. އަދި މިހާރު ވެސް ފިޔާ ފަދަ ބާވަތްތައް ހާއްސަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެކްސްޕޯޓް ކުރުުމުގެ ހުއްދަ ދޭކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު