އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ޕީ ނެގުން ހުއްޓާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ރ. ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ވަނީ ބެޓެރީ އޮޕަރޭޓަޑް ބަގީސްތައް ނުވަތަ އާންމު ނަމުން ނަމަ ރަށު ޕިކަޕްތަކުން ބޮޑު ފީއެއް ނަގާތީ ރަށްރަށުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރަށު ޕިކަޕުތަކުން 1800 ރުފިޔާ މިހާރުވެސް ނަގަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެކަމަކު އެއީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ކަމަށާއި ސަރުކާރުން ބަލަނީ މި މުޖުތަމަޢަކީ ފެހިކަން ގަދަ ތިމާވެއްޓާ ރައްޓެހި މުޖުތަމައުއަކަށް ހަދަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަމަ އެހެންމެ އެ ރަށު ޕިކަޕްތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއްވާ ވެހިކަލްތަކެއްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އޭރުން އެ 1800 ރުފިޔާވެސް ސަލާމަތްވާނެ. އޭރުން އިންޖީނުލީ އެއްޗިއްސަށްވުރެ ބޮޑަށް، ބެޓެރީ އޮޕަރޭޓެޑް އިލެކްޓްރިކް ވެހިކަލްތަކަށް ދާންވެސް ފަސޭހަވެގެންދާނެ. އާދެ، އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށްޓަކައި އަޅުގަނޑު ހަމަޖައްސައިދޭނަން. އެގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭތޯ އަޅުގަނޑު މި ބަލަނީ." ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު