ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލަކާއި ވޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ ދަންވަރު ހުޅުމާލޭގެ ގުލްއަލާމާ ހިނގުމުގެ ހުޅަނގުން ކަމަށެވެ.
އެގޮތުން ވަރަށް ބާރަށް ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ގެއްްލި އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހުނު ކަމަށެވެ.
އެ ހާދިސާގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށާއި އޭނާ ފަހުން ޓްރީޓޮޕަށް ފަރުވާއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ވޭނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ހަފްތާގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ވަނީ ތިން ވެހިކަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު