އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ދިން މިހަމަލާގައި ސަތޭކައަށް ވުރެ ގިނަ މައުސޫމް އާންމުން ޝަހީދުވެފައިވާއިރު، އިތުރު އެތައް ސަތޭކަ މީހުން ޒަޚަމްވެފައިވެއެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި އިސްރާއީލުގެ މި އަނިޔާވެރި ހަމަލާއާއެކު ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ހިލާފުވެފައިވާކަން ބަޔާންކޮށް، މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
މިބަޔާނުގައި ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަވަހަށް ހަނގުރާމަ މެދުކަނޑާލުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެކު ވާކަން ބަޔާންކޮށް، ފަލަސްތީނުގައި ސުލްހަވެރިކަން ގާއިމުކުރަން ކުރާ މަސައްކަތްތަކަށް ތާއީދު ކުރުމުގައި ސާބިތުކަމާއެކު ދެމިތިބިކަން ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Statement by the Government of Maldives on the horrific attack carried out by the Israeli forces on Palestinian nationals waiting for humanitarian aid
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 1, 2024
📃 Press Release | https://t.co/gIOtI5kTXg pic.twitter.com/VCyiMePfsM

ARG
ކިޔުންތެރިންގެ ހިޔާލު