އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުންގެންދާ 9 އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އެސްޓީއޯއާއި ހަވާލުކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން، އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައި ކޮށް، އިންސްޓޯލް ކުރެވޭނެކަމަށް އެސްޓޯއިން ހާމަކޮށްފައިވެއެވެ. އަދި މިއެއްބަސްވުމުގައި ހިމެނޭގޮތުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ 05 ލިފްޓް ހަރުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ"ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ.

އެގޮތުން އެޕޯލޯ ޓަވަރު ތަކުގައި ހަރުކުރާ "ކޯނޭ" ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓް ތަކަކަށެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފައެވެ.

ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރ އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. "މެޝިންރޫމްލެސް" ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން