އާސެނަލް ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
އާސެނަލް ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން އާސެނަލް ހޯދައިފިއެވެ. ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗް އާސެނަލް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ.

މި މެޗްގައި ޗެލްސީން ލީޑު ނެގީ މެޗުގެ ފަސް ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިކް ޖެހި ލަނޑުންނެވެ. އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ އޮބާމިޔަން އެވެ. މިއީ ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ އޮބާމިޔަން އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.

މި މެޗްގައި އާސެނަލުން ލީޑު ނެގި ލަނޑު ކާމިޔާބުކޮށްދިނީ ޕެޕޭ ދިން ޕާހަކުން އޮބާމިޔަންއެވެ. މިއީ އާސެނަލަށް މި ސީޒަނުގައި އޮބާމިޔަން ކާމިޔާބުކޮށްދިން 29 ވަނަ ލަނޑެވެ. ޗެލްސީން މެޗްގެ ތެރެއަށް އަލުން ވަނުމަށް އިތުރު ހުރަހެއް ކުރިމަތިވީ، 73 ވަނަ މިނެޓުގައި މަޓެއޮ ކޮވަސިޗަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމެވެ.

މިއީ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލުން ހޯދި 14 ވަނަ ފަހަރެވެ. އާސެނަލަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުގެ ފަހަތުން އެންމެ ކާމިޔާބީ 12 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމުން އާސެނަލަށް ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން