މާލެ ސަރަހައްދުގެ ރަށްރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން އެ ކުންފުނީގެ ބޯޑު ބައްދަލުވުން ފުރަތަމަ ފަހަރަށް ހެޑް އޮފީހުން ބޭރުގައި ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ތާރީހުގައި އަލަށް މިއަދު ވަނީ ހެޑް އޮފީހުން ބޭރުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ކ ހިންމަފުށީގައި ބާއްވާފައި ކަމަށާއި މި ބައްދަލުވުމުގައި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެފައިވާ ކަމަށެވެ.

އަދި މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގެ އިތުރުން ކުންފުނީގެ ވެރިންނާއި ބޯޑު މެންބަރުން ވަނީ އެ ރަށު އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވާ އެ ރަށުގައި މަސައްކަތް ކުރައްވާ ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި އެކުވެސް ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުވުމުގައި ވަނީ ރަށުގެ ކުރިއެރުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން