އއ. ތޮއްޑޫގައި ރަޝިއާ މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހަމަލާ ދީ ޒަހަމްކޮށްލީ ތޮއްޑޫގެ ޑައިވް ސެންޓަރެއްގައި މަސައްކަތް ކުރާ 42 އަހަރުގެ މީހަކަށް ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކުރީ އިއްޔެ ހަވީރު ކަމަށާއި އަދި ޒަހަމްވި މީހާއަށް ތޮއްޑޫގެ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާއަށް ލިބުނީ ކޮންކަހަލަ ޒަހަމެއް ކަމެއް ސާފެއް ނުވެއެވެ.

ތޮއްޑޫ ކައުންސިލުން ބުނީ އެފަދަ މައްސަލައެއް ހިނގިކަން އެނގިފައި ނުވާ ކަމަށެވެ. އެހެންވެ އޭގެ ފުރިހަމަ ތަފްސީލެއް ނުލިބެ އެވެ.

ތޮއްޑޫއަކީ މި ސަރަހައްދުގައި އެންމެ ބާރަށް ފަތުރުވެރިކަން ކުރިއަރަމުން އަންނަ އެއް ރަށެވެ. އެ ރަށުގައި މިހާރުވެސް 50 އަށް ވުރެ ގިނަ ގެސްޓު ހައުސް ހުރެއެވެ.

އޭގެ އިތުރުން އެ ރަށަކީ ދަނޑުވެރިކަމުގައި ވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން