އއ. ދިގުރަށު ސްކޫލުގެ ޕްރިންސިޕަލް އަލުން އެ މަގާމަށް އައްޔަނުކުރުމުން ބެލެނިވެރިން ނުކުމެ އިޖުތިޖާޖުކުރަން ފަށައިފި އެވެ.
"ރަސް" އާ ވާހަކަ ދެއްކި ދިގުރަށު ސްކޫލުގެ ބެލެނިވެރިއަކު މައުލޫމާތު ދެމުން ބުނީ ކުރީގެ ޕްރިންސިޕަލް ބަދަލުކުރީ ބެލެނިވެރިންނާއި އަދި ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކަމަށެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ދިގުރަށް ހިމެނޭ ދަނގެތީ ދާއިރާއަށް ޕީއެންސީން ހޮވުނު ކެންޑިޑޭޓުގެ ނުފޫޒާއެކު އަނެއްކާވެސް އެ ޕްރިންސިޕަލް އެ މަގާމަށް އައްޔަނުކުރައްވާފައިވާ ކަމަށް އޭނާ ބުންޏެވެ.
އަދި އޭނާ މިއަދު ސްކޫލަށް ވެސް ނުކުންނަވަން ފައްޓަވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެހެންވެ ބެލެނިވެރިން ވަނީ ސްކޫލުގެ ގޭޓް ކުރިމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފަ އެވެ.
ބެެލެނިވެރިއަކު ބުނީ އެމީހުން ބޭނުންވާ ޕްރިންސިޕަލް އަލުން ގެނައުމަށާ ފަހު ނޫނީ މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ދިގުރަށު ކައުންސިލްގެ ބަހެއް ނުލިބެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ލ. ދަނބިދޫ ސްކޫލުގެ ބެލެނިވެރިން ވެސް ޕްރިންސިޕަލާމެދު ހިތްހަމަނުޖެހިގެން އިހުތިޖާޖުކޮށްފައި ވެއެވެ.
ޕްރިންސިޕަލުންނާ މެދު ހިތްހަމަ ނުޖެހިގެން ބެލެނިވެރިން މުޒާހަރާ ކުރުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. އަދި އެފަދަ މައްސަލަތަކުގައި ޕްރިންސިޕަލުން ބަދަލުވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު