އަހުމަދު މަސްނޫމް   11 ފެބްރުއަރީ 2024 - 12:7
ޝަހީދުންގެ ދުވަހުގެ މުނާސަބާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. ރައީސް އޮފީހުން ބުނީ ޝަހީދުންގެ ދުވަހުގެ މުނާސަބާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގައުމާ މުހާތަބު ކުރައްވާނީ މިއަދު ހެނދުނު 10 ޖަހާއިރު ކަމަށެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާ ދައްކަވާ ވާހަކަފުޅު ދައުލަތުގެ މީޑިޔާ ޕީއެސްއެމާއި ދިވެހިރާއްޖޭގެ އަޑާއި މީޑިޔާ ތަކުން ދުރަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޝަހީދުންގެ ދުވަސް ޚާއްސަކޮށްފައިވަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި މަތިވެރި ޖިހާދުގައި ޝަހީދުވެވެޑައިގެންނެވި އަލި ރަސްގެފާނަށެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއް ވަނަ ދުވަހުގައެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަމުން އަންނަތާ މިއީ 45 ވަނަ އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު