ސީރިއާގައި ހިނގާ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށްގޮސް، އެ ގައުމުގެ ދެ ކޭމްޕެއްގައި ދިވެހީން އެބަ ތިބިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވެއްޖެއެވެ.
މިރޭ ސަންގުޓީވީގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ސީރިއާގައި ހަނގުރާމައަށްގޮސް ތިބި ދިވެހީންގެ އަދަދު އަދި ޔަގީންކަމާއެކު ދަންނަވަން ދަތިކަމަށެވެ. އަދި އޭގެ ސަބަބަކަށްވަނީ، ރާއްޖެއިން ފުރައިގެން ދަނީ ދެމަފިރިއަކާއި ދަރިފުޅު ކަމަށްވިޔަސް، ފަހުން އިތުރު ކުދިންލިބިފައި ތިބޭ ހާލަތްތައް މެދުވެރިވާތީ ކަމަށެވެ.
އެހެންކަމުން، އެ ގައުމުގައި ހަނގުރާމައަށްގޮސް ތިބި ދިވެހީންގެ ސީދާ އަދަދު އެނގޭނީ އެމީހުންނަށް ގުޅޭނެގޮތެއް ވެގެން އެތަނުގެ ފެސިލިޓީއަކަށް ގެންދެވި ޑީއެންއޭ ހެދިގެންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިހުސާން ވިދާޅުވީ، ސީރިއާގެ ދެ ސަރަހައްދެއްގައި ދިވެހިން ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މީހުން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި ގުޅިގެން ކުރިއަށް އެބަ ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
"ސީރިއާގެ ދެ ސަރަހައްދެއްގައި ދެ ކޭމްޕެއްގައި ދިވެހީންތަކެއް އެބަތިބި. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީއާއި ގުޅިގެން އެތަންތަނުން އެމީހުން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވޭނެގޮތް އަދި އެތަނުގައި ބައިތިއްބައިގެން ދިވެހިރައްޔިތެއްކަން ކަށަވަރު ކުރެވޭނެ ގޮތްތައް މިދަނީ ހޯދަމުން." އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އެފަދަ ގައުމުތަކަށް ހަނގުރާމައަށް ދާ މީހުންގެ މައުލޫމާތު އެ މީހުން ރާއްޖެއިން ފުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އަންގައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ސަބަބަކީ ފުރައިގެން ދިޔުމަށްފަހު އެ މީހުންނާ ގުޅާ މުއާމަލާތް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާތީކަމަށް ވެސް އޭނާވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު