ފްލެޓް ދޭނެކަމަށްބުނެ މަކަރާ ހީލަތުން ގއ. ވިލިގިލި މީހަކު އަތުން ދެލައްކަ ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، އެޗްޑީސީން ފްލެޓް ލިބޭނެކަމަށް ބުނެ އޮޅުވާލައިގެން ގއ. ވިލިގިލި މީހެއްގެ ބޭންކް އެކައުންޓުން ދެ ލައްކަ ރުފިޔާ މަކަރާ ހީލަތުން ނަގާފައިވާކަމުގެ މައްސަލައެއް އިއްޔެ ހަވީރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

އަދި އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

މި ފަހަކަށްއައިސް ބޭންކް އެކައުންޓްތަކުގައި ހުންނަ ފައިސާ އެކި ކަހަލަ ސްކޭމްތަކުގައި ފޭރޭ މައްސަލައަކީ އާންމު މައްސަލައެކެވެ.

ގިނަފަހަރަށް އެކަން ކުރަނީ ކޮންމެވެސް ޕްރޮމޯޝަނެއްގެ ނަމުގައި ކޭޝްކާޑުގެ މައުލޫމާތު ހޯދައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު