އިންޑިއާ ސިފައިން ބޭލުމަށް ކުރެވޭ މަސައްކަތާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަނީ އެ މަސައްކަތުގައި ކާމިޔާބު ލިބެމުންދާތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެެ.
ތ އަތޮޅު ވޭމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވަނީ ރީތި ގޮތުގައި ކަމަށާއި އެ ނޫންގޮތެއް ޚިޔާރު ކޮށްގެންވާނެ މޮޅެއް ނޯއްނާނެ ކަމަށެވެ. އޭގެ ބަދަލުގައި ރުންކުރު އުސޫލު ބޭނުން ކޮށްގެނެއް ކަންކަން ހާސިލު ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ކުރެވޭ މަސައްކަތާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަނީ އެ މަސައްކަތުގައި ކާމިޔާބު ލިބެމުންދާތީ ކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އިންޑިޔާ ސިފައިންގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަސް އެމަނިކުފާނު ކަންކަން ކުރައްވާނީ އޮންނަ އުސޫލުތަކާއި ހަމައިގެ ތެރެއިން ކަމަށެވެ. ރައީސް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭގޮތް ނޫން ކަމަށާއި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި އެ މަސައްކަތުގައި ސާބިތު ކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އެއްޓީމު މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފުރައިގެންދާނެ ކަމަށެވެ. އަދި އޭގެ ދެމަސް ހަމަވުމުގެ ކުރިން ދެން ތިބި ހުރިހާ ސިފައިން ވެސް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު