ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް ފަށައިފިއެވެ.

އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި މިއަދު މި ފެށި ޕްރޮމޯޝަނަކީ އަގުބޮޑު އެތައް އިނާމުތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން އޭޕްރިލް 11ގެ ނިޔަލަށް ކުރިއަށްގެންދަން އެސްޓީއޯ އިން ވަނީ ނިންމާފައެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމް، އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމްއިން (އަމީނީ މަގު، ނިޕޯން ޝޯރޫމް) , އަދި ލ. ފޮނަދޫގެ ފިހާރައިގައި ކަމަށެވެ.

އަދި މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭއިރު އެސްޓީއޯ "ރަމަޒާން ބާޒާރު"ގެ މުއްދަތުގައި ކުރާ ކޮންމެ 500ރ. ގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސްނިމުމުން ގުރުއަތު ނެގޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި، މި ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާރ އެއް އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެއެވެ. މީގެ އިތުރުން 6 ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ގަންނަން ލިބޭއިރު، މިގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެކަމަށް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން