ތ. މަޑިފުށީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ، އުފުރިއާއި މަޑިފުށި ގުޅާލަ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެރަށުގައި މިހާރު ކުރަމުންދާ ރިވެޓްމެންޓްގެ މަސައްކަތުގެ ތެރެއިން ވިޔަސް، ނުވަތަ އެހެން ގޮތަކުން ވިޔަސް މަޑިފުއްޓާ އެރަށް ގުޅާލާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ކޮޅުފުށި ވެސް މަޑިފުށީގެ އިހުތިސޯސް ތެރެއަށް ގެނެސް، އެރަށުގެ ބޭނުން ވެސް ކައުންސިލަށް ހިފޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
"[އުފުރިޔާ] މިރަށާ ގުޅާލައި، ޖާގަ އިތުރުކޮށްދީ، އިގްތިސޯދީ ފުރުސަތުތައް ފަހިވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތ. މަޑިފުށި ކައުންސިލަށް އިގްތިސޯދީ ފުރުސަތުތައް ފަހި ކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަސައްކަތްތައް ކުރުމަކީ ރަށަށް ލިބޭނެ ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ތ. މަޑިފުއްޓަށް ވެސް އެފަދަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު