ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ޔޮޓް ރެލީ "ސަވާދީއްތަ" މި މަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އެމްޓީޑީސީން އެ ދަތުރު އެންމެ ފުރަތަމަ ބޭއްވީ 2022 ވަނަ އަހަރު އެވެ.
މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ ދަތުރުގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށިގެން، 3 ހަފްތާއަށް އުތުރުގެ ރަށްތަކުން ހއ. އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރި އެވެ.
މި ފަހަރުގެ ސަވާދީއްތަ ދަތުރު ފަށަން ނިންމާފައި ވަނީ ކ. ކުޑަގިރިންނެވެ. އަދި އެ ދަތުރު މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އެގޮތުން ކ، ވ، މ، ލ، ގއ، ގދ.، އަތޮޅު އަދި އައްޑޫއަށް އެ ދަތުރުކުރާނެ އެވެ.
އެމްޓީޑީސީން ބުނި ގޮތުގައި މިފަހަރުގެ ދަތުރަކީ ވެސް ހަނދާން ނުނެތޭވަރުގެ ދަތުރަކަށް ވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު