އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ރާއްޖެ އައިސް ވަނީ ޗުއްޓީ ހޭދަކޮށްފައި
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ރާއްޖެ އައިސް ވަނީ ޗުއްޓީ ހޭދަކޮށްފައި
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ހައްދުފަހަނައަޅާފައިވާ، އަނިޔާވެރި އިޒްރޭލުގެ ޔަހޫދީން ރާއްޖެއަށް ޗުއްޓީއަށް އަންނަން ހުއްދަ ދީފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފިއެވެ.

މިދެންނެވި ފަރާތްތަކުގެ ކަންބޮޑުވުމަކީ ދުނިޔޭގެ ބައެއް މުސްލިމު ގައުމުތަކުން އިސްރާއީލަކީ ބަލައިގަންނަ ދައުލަތަކަށް ނުވި ނަމަވެސް، އިސްރާއީލުގެ ޔަހޫދީން ރާއްޖެއައުމަށް ފުރުސަތު ދޭތީއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 5 އަހަރު ތެރޭގައި ވެސް އެތައް ލައްކަ ޔަހޫދީންނެއް ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައެވެ.

އިސްރާއީލޭ ކިޔައިގެން ފަލަސްތީނުގެ ބިންތައް އައްސުން ފޭރިގަނެގެން އުޅޭ ޔަހޫދީންނަށް ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އާދެވުނަސް، މުސްލިމް ގިނަ ގައުމުތަކަށް ޔަހޫދީން އެތެރެވުން ވަނީ މަނާކޮށްފައެވެ. އެގޮތުން އެ ގައުމުތަކުން އިސްރާއީލުގެ ޕާސްޕޯޓްވެސް ބަލައިގަންނަން ދެކޮޅު ހަދައެވެ.

އޭގެތެރޭގައި އިންޑޮނޭޝިޔާ، ބުރުނާއީ އަދި ބަންގްލަދޭޝްފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ. ނަމަވެސް ރާއްޖެއަށް ޔަހޫދީން އެތެރެވާން ހުއްދަ ދީފައި އޮންނަނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެތައް އަނިޔާއެއް ދެމުންދާއިރު ވެސް ދިވެހި ސަރުކާރުން އެކަމާއި ގުޅިގެން އެޅެންހުރި އެފަދަ ފިޔަވަޅުތައް ނާޅާކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިސްރާއީލުގެ ޔަހޫދީން ރާއްޖެއަށް އަންނާތީ އެކަމާއި ކަންބޮޑުވެގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މަޖިލިހަށް ވަނީ ގަރާރެއްވެސް ހުށަހަޅާފައެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުށަހެޅުއްވި އެ ގަރާރަކީވެސް ހަގީގަތުގައި ތާކުންތަކުން ޖެހޭ ގަރާރެއް ނޫނެވެ. އެ ގަރާރަށް ބަހުސްކޮށްލާފައި އެކަން ނިންމާލާނީއެވެ.

މިކަމުގައި އެދެވޭ ކަމެއް ކުރެވޭނީ ސަރުކާރަށެވެ. މިއަދުން ފެށިގެންވެސް އިސްރާއީލުގެ ޕާސްޕޯޓް ބަލައިގަތުން ހުއްޓާލަންވީއެވެ. ފަލަސްތީނުގެ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށްފައި، އެކަމުގެ އުފާ ފާޅުކުރަން އަންނަ ޔަހޫދީން ރާއްޖެ އެތެރެވުން ހުއްޓުވަންވީއެވެ. އަދި މިހާރު ތިބި ޔަހޫދީންވެސް ގައުމުން ބޭރުކޮށްލަންވީއެވެ. އެކަން ނުކޮށް ބަޔާންތައް ނެރެ، ފަލަސްތީނުގެ ދިދަ ހިފައިގެން މަގުމައްޗަށް ނިކުމެ ދުވިޔަސް އެކަމުން ވާނެ އެއްކަމެއްވެސް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކަމަނަ

17-Oct-2023

ވ ރަނގަޅު ވާހަކައެއް



ޓްރެންޑިން