ރޭގެ މެޗްގައި ރެއާލް މެޑްރިޑްގެ ގޯލް ކާމިޔާބު ކުރުމަށްފަހު އެޓީމްގެ ކުޅުންތެރިން
ރޭގެ މެޗްގައި ރެއާލް މެޑްރިޑްގެ ގޯލް ކާމިޔާބު ކުރުމަށްފަހު އެޓީމްގެ ކުޅުންތެރިން
ސްޕެނިޝް ލަަލީގާ ގައި ރަށުން ބޭރުގައި ގްރެނެޑާ އަތުން 2-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ 16 މިނެޓުގެ ތެރޭ ރެއާލުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ފާލެންޑް މެންޑީ ޖެހިއިރު އަނެއް ގޯލް ކާމިޔާބުކުރީ ފޯމުގައި ހުރި ކަރިމް ބެންޒެމާ އެވެ. އޭގެ މާ ގިނައިރު ތަކެއް ނުވެ 16 ވަނަ މިނެޓް ގައި ބެންޒީމާ ވަނީ ރިއަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނާތިޖާ އަކުން ރިއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ގްރެނެޑާ ވަނީ ކުޅުން ރަނގަޅުކޮށް ރިއާލްއަށް ޕްރެޝަރު ބޮޑުކޮށްފައެވެ. މެޗުގެ 50 ވަނަ މިނެޓްގައި ގްރެނެޑާގެ ޑާވިން މާކިސް ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ކުޑަކޮށް ފައެވެ. މި މެޗުން ގްރެނެޑާ ބަލިވިއިރު އެ ޓީމު މިހާރު ތާވަލްގެ 10 ވަނާގައި އޮތީ 50 ޕޮއިންޓާއި އެކުގައެވެ.

މި މެޗުން ރިއަލް މޮޅުވުމާއި އެކު މިހާރު ތާވަލްގެ އެއްވަނާގައި އޮތީ 83 ޕޮއިންޓާއި އެކު ވާދަވެރި ބާސާ އަށްވުރެ 4 ޕޮއިންޓު ކުރީގައެވެ. ސްޕެއިނިޝް ލީގު ކާމިޔާބު ކުރަން ރިއަލް އިން ދެން ބޭނުން ވަނީ އެންމެ 2 ޕޮއިންޓެވެ. ރެއާލުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2016/2017 ގެ ސީޒަނުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން