ސަރުކާރުގައި ތިބެއްޖެނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސަށް ހެއު ބަދަލެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް ޖެންޑަރ މިިނިސްޓަރ އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވަންސް 6،000 ރުފިޔާއާ ހަމައަށް ސަރުކާރުން މިއަދު ވަނީ ބޮޑުކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުންދަނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންދާ އެލަވަންސް 2،000 ރުފިޔާއިން 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމަވައި އިތުރު 3 އިނާޔަތެއް ދޭން ސަރުކާރުން މިއަދު ވަނީ ނިއްމާފައެެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ކުރިއަށް އޮތް ސަރުކާރުގައި ތިބުމަށް ފުރުސަތު ލިބިއްޖެނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސަށް އެދެވޭ ހެއު ބަދަލެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ސަރުކާރުން މިހާރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާރު އެލަވަންސް ބޮޑުކޮށްފައިވަނީ ދައުލަތުގެ ބަޖެޓް ތަންދޭ ވަރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. އެހެން ނަމަވެސް އެ ފަރާތްތަކަަށް މިހާރު ދޭ އެލަވަންސް ވެސް ކުޑަކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އާންމުކޮށް ނުކުޅެދުންތެރިކަން ހުންނަ ބޮޑު މީހެއްގެ ނެޕީއަށް އަޅުގަނޑުމެން ބަލާލިއިރު މަހަކު އަރާނެ 1000 ރުފިޔާ، މަދުވެގެން. މަހަކު 1000 ރުފިޔާ އަށް ނެޕީ ގަނެވޭނީ ބޮޑެތި މީހުންގެ، އަދި އޭގެ އިތުރުން ބޭނުންވާ އެއްޗެހި އެބަހުރި. އެހެންވީމަ މިވަގުތު އަނެއްކާވެސް ބަޖެޓްގެ ހާލަތު ހުރިގޮތުން ދެވެން އޮތް އެންމެ މަތީ މިންވަރު މިއީ. ފަހަރެއްގައި ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެން މިއަށް ބަދަލު ގެންނަން މަސައްކަތް ކޮށްފާނަން، އަޅުގަނޑުމެން ސަރުކާރުގައި ތިބިކަމަށް ވަންޏާ އިރާދަކުރެއްވިޔާ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އާއިޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންްނަ ފަރާތްތަކަށް ދޭ އެލަވަންސްް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ އެފަރާތްތަކަށް ދިނުމުގައި ދަތިކަމެއް ދިމާނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު