ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު، ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމަށް ތާއީދުކުރަން ނިންމައިފިއެވެ.
ގާނޫނީ ދާއިރާއިން ފުންނާބު އުސްކަމަށް ގިނަ ބަޔަކު ބުނާ އާޒިމާއަކީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނާއި ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި އެކަމަނާ ވަނީ މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.
އާޒިމާ ރޭ ފޭސްބުކްގައި އާއްމު ކުރެއްވި ލިޔުއްވުމެއްގައ ވަނީ އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނާޒިމަށް ތާއީދުކުރާނެކަން ހާމަކޮށްފައެވެ. އަދި އެމްއެއެންޕީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތަކުގައި ރަސްމީކޮށް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް އާޒިމާ ވިދާޅިވިއެވެ.
ނާޒިމަށްް ތާއީދުކުރާކަން ހާމަކުރައްވަމުން އާޒިމާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ވެރިންގެއައު ޖީލެއް އުފެދި، އައު ވިސްނުންތަކަކަށް ފުރުސަތު ލިބެންވީ ވަގުތުކަމަށެވެ.
އާޒިމާ ވިދާޅުވީ ގާނޫނުއަސާސީގެ ހުކޫމަތު ގެއްލިފައިވުމާއި އަދި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތައް ކުރެވޭކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި މިހާރުގެ ހާލަތަކީ އާޒިމާ ވިދާޅުވި ގޮތުގައި އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ދިވެހިން ގެނައި ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑުވެފައިވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުވެ، ދައުލަތުގެ މުއައްސަސާތައް އޮތީ ސަރުކާރުގެ ބާރުވެރިކަމުގެ ދަށުގައި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ގައުމުގެ ރައްކާތެރިކަން ގަބޫލު ނުކުރެވޭ މިންވަރަށް ބަލިކަށިވެފައިވާކަން ފާހަގަކުރަށްވައި އާޒިމާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރު ބަދަލުވާން ޖެހޭ ކަމަށެވެ.
އާޒިމާ ވިދާޅުވީ އަމިއްލަ ދައުލަތެއް ބިނާކުރުމަށްޓަކައި، މިހާރުގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ތައުލީމީ އީޖާދީ އަދި ޒަމާނީ ވިސްނުންތަކަކަށް ފުރުސަތު ލިބެންޖެހޭކަމަށެވެ. އަދި ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތްކޮށް ގައުމު އާރާސްތު ކުރަން ޖެހޭއިރު، އާޒިމާ ވިދާޅުވި ގޮތުގައި އޭނާގެ ފުރިހަމަ ޔަގީންކަން އެކަމުގައި ނާޒިމަށް އެބައޮތްކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެންފިނަމަ ސާބިތުކަމާއެކު އެ މަގުން ކުރިޔަށް ދާނެކަމުގެ ފުރިހަމަ ޔަގީންކަން ނާޒިމަށް އެބައޮތްކަމަށް އާޒިމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު