އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ބަނީ ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏެއް ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ބުނީ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި)ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން އެ އެޖެންސީއަށް ޔަޤީންކުރެވިފައިވާކަމަށެވެ. އެހެންކަމުން، ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ވިހިހާސް ދިވެހިރުފިޔާއިން ބަނީ ހޯލްޑިންގްސް ވަނީ ޖޫރިމަނާކޮށްފައިކަމަށް އީޕީއޭއިން ބުނެއެވެ.



އީޕީއޭއިން ވަނީ އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އަންގާފައެވެ.

އީޕީއޭއިން ބުނީ ސޮނެވާ ފުށިގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް އަންގާފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު