އައްޑޫ ސިޓީ މަރަދޫ އަވަށުގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ މަރަދޫ އަވަށުގައި ކޮމިއުނިޓީ ސެންޓަރެއް ބިނާކުރަން ބީލަމަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާންގައިވާ ގޮތުން މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް ޖޫން 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 ޖޫން 21 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމަޔަށް އެ އިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށާއި މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓް ކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު މެއިލްކުރުމަށް ވަނީ އެދިފައެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެކަމަށާއި މައުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި ވިހި ހާސް ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 ޖުލައި 9 ވާ އާދީއްތަ ދުވަހުގެ 11:00ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު