ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ގުޅޭގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކޯލިޝަން ޕާޓީތަކާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.
ކެމްޕެއިނާއި ގުޅޭގޮތުން ކޯލިޝަން ޕާޓީތަކާއެކު ރައީސް ޞާލިހު މަޝްވަރާކުރައްވާފައި މިވަނީ އީދު ބަންދަށްފަހު ކެމްޕެއިން ދަތުރުތައް ފެއްޓެވުމަށް ރައީސް ސާލިހު ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭގޮތުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ރައީސް ސާލިހުގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ދެ ޕާޓީއަކީ މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވާ ހަމައެކަނި ދެ ޕާޓީއެވެ.
މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު ވިދާޅުވީ ކެމްޕޭން ފެށުމުގެ ކުރިން ކޯލިޝަން ތިން ޕާޓީން އެކުގައި ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރުމާއި މެދު ވާހަކަ ދެކެވުނުކަމަށެވެ.
އެމްޑީޕީގެ އިތުރުން، ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީންވެސް ދަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަމުންނެވެ. ނަމަވެސް ދެން ތިބި ކުދި ޕާޓީތަކުން އިންތިހާބުގައި ހަދާނެ ގޮތަކާއި މެދު މިހާތަނަށް އެއްވެސް ގޮތެއް ނުނިންމައެވެ. އޭގެެތެރޭގައި މިހާރު އުވާލަން ނިންމާފައިވާ ރައީސް މައުމޫންގެ އެމްއާރުއެމްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު