ކޭޕާކު ރެސިޑެންސް ތަރައްޤީކުރި އިންވެސްޓަރުގެ ސޮއިތައް ފޯޖްކޮށްގެން އެކައުންޓްތައް ހުޅުވި މައްސަލައިގައިހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެދުނު ލިޔެކިޔުންތައް ނުދިނުމުން ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

ހަންބޯއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ޗައިނާގެ ވިޔަފާރިވެރިޔާ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން އެ ކުންފުނީގެ އަނެއް ހިއްސާދާރު ހަސަން މަމްދޫހު، މަންޑޭ މުއާމަލާތްކޮށްފައިވާތި އެަކަމާއި ގުޅޭ ބޭންކު ސްޓޭޓްމަންޓްތައް ދޭން ބީއެމްއެލްގައި އެދުމުން އެކަމަށް އެއްވެސް އެއްބާރުލުމެއް ދީފައިނުވާކަމަށެވެ. އަދި ބޭންކުން އެކައުންޓުތައް ހުޅުވުމުގައި ބީއެމްއެލްއިން އަމަލުކޮށްފައި ވަނީ ޒިންމާދާރު ކަމެއް ނެތް ގޮތަށްކަމަށްވެސް އެ ކުންފުނިން ތުހުމަތުކުރެއެވެ،

ބީޢެމްއެލްއާ ދެކޮޅަށް ހަންބޯއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމެންޓް ހޯދުމަށާއި އެކައުންޓްތައް ހުޅުވުމަށް މަމްދޫހުގެ ފަރާތުން ބީއެމްއެލްއަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށެވެ.

ހަންބޯއިން ބުނާގޮތުން ބެންކުގެ ސަމާލުކަމަށް އެކައުންޓްތަކުގެ މައްސަލަ ގެނައި ފަހުންވެސަް މަންޑޭއަށް އެކައުންޓްތަކަށް އެކްސެސްވެވޭ ކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު