ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖެއަށް އިމްޕޯޓްކުރާ އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރާ ތަކެއްޗަކީ ޙަލާލް ސެޓްފިކެޓް ލިބިފައިވާ ތަކެއްޗަށްވުމަށް ބޭނުންވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާއެކު މިއަދު އިސްލާމިކް މިނިސްްޓްރީގައި ބޭއްވި ބައްދަލުވުމުގައެވެ.
ސެރުނާއީ ޙަލާލް އީކޮމާސްއަކީ ޑިޖިޓަލް ޙަލާލް އެޝުއަރެންސް ސިސްޓަމެއް މެދުވެރިކޮށް، އެފަރާތްތަކަށް ޙަލާލް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެކަމަށްބޭނުންވާ ފަންނީ އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައެކެވެ.
މި ޓީމާއި ބައްދަލުކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތްކޮށް، އެޓީމުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މިނިސްްޓަރ ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދެއްގެ ތަކެތި އިމްޕޯޓްކުރާ ޤައުމަކަށްވާއިރު ޙަލާލް ސެޓްފިކެޓް ލިބިފައިވާ ޤައުމުތަކާއި ތަކެތި، އެނގުމުގެ މުހިންމުކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖެއަށް އިމްޕޯޓްކުރާ އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރާ ތަކެއްޗަކީ ޙަލާލް ސެޓްފިކެޓް ލިބިފައިވާ ތަކެއްޗަށްވުމަށް ބޭނުންވާކަމެއްކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
މި ޓީމުން މިނިސްޓަރާ ބައްދަލުކޮށް ދެއްކިވާހަކައިގައި ރާއްޖެއިން އެޓީމަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއިއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެ ޓީމުންވަނީ ފާހަގަކޮށްފައެވެ.
މި ޓީމުން ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، މިކަމަށްބޭނުންވާ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފަންނީ ގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ސެރުނާއީ ޙަލާލް އީކޮމާސްއިން މި މަސައްކަތް ކުރަނީ އިސްލާމިކް ޑިވޮލަޕްމެންޓް ބޭންކްގެ އެހީތެރިކަމާއެކުގައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާ ބައްދަލުކުރެއްވުން. pic.twitter.com/AdCGioZZZK
— Ministry of Islamic Affairs (@MVIaffairs) June 14, 2023
މި ޓީމުން މިނިސްޓަރާ ބައްދަލުކޮށް ދެއްކިވާހަކައިގައި ރާއްޖެއިން އެޓީމަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއިއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެ ޓީމުންވަނީ ފާހަގަކޮށްފައެވެ.
މި ޓީމުން ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، މިކަމަށްބޭނުންވާ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފަންނީ ގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ސެރުނާއީ ޙަލާލް އީކޮމާސްއިން މި މަސައްކަތް ކުރަނީ އިސްލާމިކް ޑިވޮލަޕްމެންޓް ބޭންކްގެ އެހީތެރިކަމާއެކުގައެވެ.
ކިޔުންތެރިންގެ ހިޔާލު