ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތައް އަނބުރާ ގެންނެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން އޭނައަށް ކުރެއްވުނު އިހުސާސްތައް ބަންޑުންކޮށްލައްވައިފި އެވެ.
2021 ވަނަ އަހަރު އުފުލާފައިވާ މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.
ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމެވީ ޖިންސީ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ލިބޭނެ ގޮތެއް ނެތުމުންކަމަށެވެ.
މި މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނިކޮށް ބޭސްފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. އޭގެފަހުން ރާއްޖެވަޑައިނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމުމުން، އޭނާ ވަނީ އެކަމުން ކުރެއްވުނު އިހުސާސްތައް ޓްވީޓަކުން ބަންޑުން ކޮށްލައްވާފައެވެ. އެ ޓްވީޓްގައި އަލީ ވަހީދު ވަނީ އޭނާގެ މަންމާފުޅާއި ބައްޕާފުޅާއެކު ތުއްޕުޅުއިރު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އަދި އެެއާއެކު ތޮއްޑޫ ސޯސަން ކްލަބްގެ ރީތި ލަވައެއްވެސް ވަނީ ހިމަނުއްވާފައެވެ.
ޕީޖީ އޮފީހުން ބުނީ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙުޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާއި ގުޅިގެން ކަމަށެވެ.
އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް އޭނާ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި ފަހުން އެނބުރި ވަޑައިގެންފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ނުވެގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ.
މި މައްސަލަ އަވަސް މިނެއްގައި ހިންގުމާއި މައްސަލަ ނުހިންގިއްޖެނަމަ، އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުޞަތު އޮތް މިންވަރު ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް ފާހަގަކޮށްފައިވާނެކަމަށް ޕީޖީން ބުނެފައި ވެއެވެ. ނަމަވެސް މައްސަލަ އަލުން ހުށަހެޅުމަށް ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙްޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާކަމަށް ޕީޖީން ބުނެއެވެ.
ޕީޖީން ބުނީ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ.
ޕީޖީ އޮފީހުން އަލީ ވަހީދަށް ކުރި ދަޢުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އެބައޮތެވެ.

ٱلْحَمْدُ لِلَّٰهِ
— Ali Waheed (@ali20waheed) June 14, 2023
“ އައި އުފާ މިނިވަން ހަޤީޤީ، އަލިކަމެއް ފެނިލައިފިއޭ، އަލިކަމެއް ފެނިލައިފިއޭ … “https://t.co/Zs4JdTzVjj pic.twitter.com/NrIZ7yq8Dc
ޕީޖީ އޮފީހުން ބުނީ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙުޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާއި ގުޅިގެން ކަމަށެވެ.
އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް އޭނާ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި ފަހުން އެނބުރި ވަޑައިގެންފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ނުވެގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ.
މި މައްސަލަ އަވަސް މިނެއްގައި ހިންގުމާއި މައްސަލަ ނުހިންގިއްޖެނަމަ، އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުޞަތު އޮތް މިންވަރު ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް ފާހަގަކޮށްފައިވާނެކަމަށް ޕީޖީން ބުނެފައި ވެއެވެ. ނަމަވެސް މައްސަލަ އަލުން ހުށަހެޅުމަށް ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙްޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާކަމަށް ޕީޖީން ބުނެއެވެ.
ޕީޖީން ބުނީ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ.
ޕީޖީ އޮފީހުން އަލީ ވަހީދަށް ކުރި ދަޢުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އެބައޮތެވެ.
ކިޔުންތެރިންގެ ހިޔާލު